logo

އިންޑިއާއިން ދޫކޮށްފައިވާ 30 ބިލިއަން ރުފީސްގެ ކަރަންސީ ސްވެޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފި

profile

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2026 - 11:54

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް (ރޯލްއޯވަރ ކުރުމަށް) އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެވުނު އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެކެވެ.

ލުއި ޝަރުތުތަކަކާއެކު ދޫކޮށްފައިވާ މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ މާލީ ހަމަޖެހުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 1.1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު، 350 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޮންޑް ވެސް ވަނީ ގަނެފައެވެ. އަދި ރާއްޖެއިން ދައްކަންޖެހުނު ޓީ ބިލްތަކުގެ އިންޓްރެސްޓަށް އެރި 42.8 މިލިއަން ޑޮލަރު ވެސް އިންޑިއާ ސަރުކާރުން ވަނީ ދައްކައިދީފައެވެ.

އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން ރާއްޖެއަށް އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަން ހާމަކުރަމުން، ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319