logo

އަހަރުގެ މިހާތަނަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 05:56

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ޖުމްލަ 1،379،151 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1،435،661 ފަތުރުވެރިންނާ އަޅައިބަލާއިރު 3.9 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން:

ރިސޯޓުތަކުގައި: 992،462 ފަތުރުވެރިން

ގެސްޓްހައުސްތަކުގައި: 300،469 ފަތުރުވެރިން

ހޮޓާތަކުގައި: 31،723 ފަތުރުވެރިން

ސަފާރީ / އުޅަނދުފަހަރުގައި: 25،207 ފަތުރުވެރިން

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް 250،437 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ 20 އަތޮޅެއްގައި 17،000 އަށް ވުރެ ގިނަ އެނދާއެކު ޖުމްލަ 116 ގެސްޓްހައުސް މިހާރު އަންނަނީ ހިންގަމުންނެވެ.

https://wamco.com.mv/
tel:+9607331319