
ހަނގުރާމައިގެ ސަބަބުން މިހާތަނަށް 626 ފްލައިޓް ކެންސަލްވި: ވަޒީރު އަމީން

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 14:11
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ރާއްޖެ އަންނަނަށް އޮތް 626 ފްލައިޓް ކެންސަލްވި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ މިހަނގުރާމައާއި ގުޅިގެން ރައީސް، އުފައްދަވާފައިވާ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންވިދާޅުވީ، ފްލައިޓުގެ އަދަދަށް ބަލާނަމަ، ހަނގުރާމައިގައި މިއަދާއި ހަމައަށް ކުރީގެ ޝެޑިއުލްފްލައިތްތަކުން 626 ފްލައިޓް ކެންސަލްވެގެން ދިޔަ ކަމަށެވެ.
ވަޒީޒު ވިދާޅުވީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީން ކުރި މަސައްކަތުން މިއަދާއި ހަމައަށް ރަނގަޅު ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ރާއްޖެއަށް އަންނަ ފްލައިޓްތައް މަދުވުމާއި ގުޅިގެން އިތުރު އެއާލައިންތަކެއް ގެނައުމަށް މަސައްކަތް ކުރެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަފްތާއެއް 2 ހަފްތާގެ ތެރޭގައި އިތިއޯޕިއާ އެއާލައިންސްއާއެކު އެއާ ސާވިސް އެގްރީމެންޓެއް ގާއިމު ކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފްލައިޓްތައް މަދުވުމާއި ގުޅިގެން އިތުރު އެއާލައިންތަކެއް ގެނައުމަށް މަސައްކަތް ކުރެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ހަފްތާއެއް 2 ހަފްތާގެ ތެރޭގައި އިތިއޯޕިއާ އެއާލައިންސްއާއެކު އެއަރ ސާވިސް އެގްރީމެންޓެއް ގާއިމު ކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.
1 އޮގަސްޓުން ފެށިގެން ބެލާވިއާ އެއާލައިންސްއިން ވެސް މީގެ ތެރެއަށް ވަދެ، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް ވެސް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިފަދަ އިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ދަތުރުތައް ކެންސަލް ކުރި ބައެއް އެއަރލައިންތައް މަޑުމަޑުން ދަނީ އަނބުރާ ރާއްޖެއަށް ޒިޔާރާތްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
6 ގަޑިއިރު ކުރިން

ހަނގުރާމައިގެ ސަބަބުން ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރތައް ދަނީ ކްލިއަރވަމުން: ވަޒީރު ސައީދު
6 ގަޑިއިރު ކުރިން

އަސާސީތަކެތި ރައްޔިތުންނަށް އަބަދުވެސް ލިބޭނެގޮތް ހެދުމަށް ފިޔަވަޅުތައްދަނީ އަޅަމުން: ހާރިޖީ ވަޒީރު
7 ގަޑިއިރު ކުރިން

ނ އަތޮޅު ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)