logo
ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް / ފޮޓޯ: ރައީސް އޮފީސް

ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް / ފޮޓޯ: ރައީސް އޮފީސް

އަސާސީތަކެތި ރައްޔިތުންނަށް އަބަދުވެސް ލިބޭނެގޮތް ހެދުމަށް ފިޔަވަޅުތައްދަނީ އަޅަމުން: ހާރިޖީ ވަޒީރު

profile

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 13:19

އަސާސީތަކެތި ރައްޔިތުންނަށް އަބަދުވެސް ލިބޭނެގޮތް ހެދުމަށް ފިޔަވަޅުތައް މެދުނުކެނޑި އަޅަމުންދާ ކަމަށް ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މެދު އިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޓީގެ ޗެއަރމަން އަދި ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީތަކެތި ފޯރުކޮށްދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ތަކެތި ރާއްޖެއަށް ދަތިނުވެ ލިބޭނެ މަގުފަހިކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ސަޕްލައި ޗެއިންތައް ދެމެހެއްޓުމާއި އިގްތިސާދަށް ކުރިމަތިވެދާނެ ހީނަރުކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަ ކޮށް ހަރުދަނާކޮށް ކެނޑިނޭޅި ސަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ކޮލޮމްބޯގެ ބަނދަރުގައި ތޮއްޖެހި ތާށިވުމުގެ ސަބަބުން މުދާ ރާއްޖެއައުން ލަސްވާތީ އެކަމަށް ހައްލެއް ހޯދަން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާ ރަނގަޅުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގިނަ ގުނަ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk