
ހަނގުރާމައިގެ ސަބަބުން ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރތައް ދަނީ ކްލިއަރވަމުން: ވަޒީރު ސައީދު

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 13:42
ހަނގުރާމައިގެ ސަބަބުން ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރތައް ކްލިއަރ ކުރެވެމުންދާ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ދަތިތައް ކުޑަކުރަން ރައީސް އެކުލަވާލައްވާފައިވާ ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ސައީދު ވިދާޅުވީ މިވަގުތު މާލެ ބަނދަރުގައި އޮތް އުޅަނދުގައި 1200 ކޮންޓެއިނަރުގެ މުދާ ހިމެނޭ ކަމަށެވެ.
މިހަފްތާ ތެރޭގައި 2500 ކޮންޓެއިނަރ މުދާ މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
12 އޭޕްރިލްގައި 500 ކޮންޓެއިނަރު އަދި 13 އޭޕްރިލްގައި 500 ކޮންޓެއިނަރު 14 އޭޕްރިލްގައި 1000 ކޮންޓެއިނަރުގެ އިތުރުން 500 ޓީއީޔޫގެ އިތުރު އެއް އުޅަނދު ރާއްޖެއަށް މުދާ ހިފައިގެން އައުމަށް ހަމަޖެހިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސްރީލަންކާގައި ތާށިވެފައިހުރި މުދާ ކޮންޓެއިނަރުތައް ދަނީ ކްލިއަރވަމުން ކަމަށް ސައީދު ވިދާޅުވިއެވެ.
2025 ގެ ޖެނުއަރީ އިން މާޗް މަހާއި އަޅާ ބަލާއިރު މިއަހަރު ތެރޭގައި ގާތްގަނޑަކަށް 19 ޕަސެންޓްގެ އިމްޕޯޓް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި މިދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖޭގެ ވިޔަފާރިތައް ރަނގަޅުވެ އިގްތިސާދަށް އޭގެ ސަބަބުން ފައިދާތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެ ގެންނަ މުދަލުގެ މިންވަރު ކުރިއާއި އަޅާބަލާއިރު އިތުރުވެގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަފާތު އިތުރު 7 މާކެޓަކުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް ބޭރުގެ ކުންފުނިތަކާއި އެކު މަޝްވަރާތައް ކޮށް އެކަމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމައިގެ ސަބަބުން މިހާތަނަށް 626 ފްލައިޓް ކެންސަލްވި: ވަޒީރު އަމީން
6 ގަޑިއިރު ކުރިން

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
6 ގަޑިއިރު ކުރިން

އަސާސީތަކެތި ރައްޔިތުންނަށް އަބަދުވެސް ލިބޭނެގޮތް ހެދުމަށް ފިޔަވަޅުތައްދަނީ އަޅަމުން: ހާރިޖީ ވަޒީރު
7 ގަޑިއިރު ކުރިން

ނ އަތޮޅު ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)