
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 05 ނޮވެމްބަރު 2026 - 12:46
މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޅ. ނައިފަރަށް ނިސްބަތްވާ އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޅ. ނައިފަރު، ނިއާމު، އުމުރުން 31 އަހަރުގެ ފާޠިމަތު ސަނާ ޙުސައިންއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ޓްރެފިކް ކުރުމުގެ ކުށެވެ.
ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަނާ ހުއްޓުވައި ފާސްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މިގޮތުން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު، ހެރޮއިން ކަމަށް ބެލެވޭ، ވަގުތީ ބަރުދަނުގައި 31.17 ގްރާމް ހުރި މާއްދާއެއް އަޅާފައިވާ ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.
ފުލުހުން ކޯޓަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަށް ރިއާޔަތްކުރާއިރު، ސަނާއަކީ އެހެން ބަޔަކާ ގުޅިގެން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީ ގޮތުން އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅޭ ފުރިހަމަ މައުލޫމާތު އޭނާއަށް އެނގޭ ކަމަށާއި، ފޯނު މެދުވެރިކޮށް މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރަމުންދާކަން ވެސް ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ގާޒީ ނިންމަވާފައިވަނީ ސަނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހެޅިފައިވުމާއެކު، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިދިޔަ މަހު ފުލުހުންގެ ރެކޯޑުތަކުގައި ވައްކަމާއި އެކްސިޑެންޓްގެ ޖުމްލަ 900 އަށް ވުރެ ގިނަ މައްސަލަ!
31 މިނިޓު ކުރިން

ނޮވެމްބަރު 12 ވަނަ ދުވަސް ސަރުކާރު ބަންދު ކަމަށް ކަނޑައަޅައިފި
32 މިނިޓު ކުރިން

ޝާހިދު ހައްޔަރުކުރި އަމުރު ހައިކޯޓްގައި އިސްތިއުނާފުކޮށްފި
ގަޑިއިރެއް ކުރިން

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
ގަޑިއިރެއް ކުރިން


