
މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން، ފޮޓޯ: ފުލުހުން
މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ބަންދަށް 30 ދުވަސް އިތުރު!

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 15:23
މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު، ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 30 ދުވަހަށް އިތުރުކޮށްދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ކޯޓުން ބަންދު އިތުރުކޮށްފައިވަނީ ތ. ތިމަރަފުށި، ވިލާ، އުމުރުން 21 އަހަރުގެ މަރްޔަމް އިޝާ އަޝްރަފް، ސ. ހުޅުދޫ، އުމުރުން 25 އަހަރުގެ ރޭޝަމް، މުހައްމަދު ނާހިލް އަދި ކ. ހުރާ، ސާނީވިލާ، އުމުރުން 26 އަހަރުގެ ހުސައިން ޝާވިންއެވެ. މި ތިން މީހުންނަށް ވެސް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ. މި އެންމެންގެ ކުޑަކަމުދާތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
މި މީހުންގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މަސްތުވާތަކެތި ފެނުނު ތަނާ ނާހިލް އަދި އިޝާއާ ސީދާ ގުޅުން އޮންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ފުލުހުން އެ ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރީ ހާމައަށް ފެންނަން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ހުސައިން ޝާވިންގެ ފިންގަރޕްރިންޓް މަސްތުވާތަކެތި ހުރި ޕެކެޓަކުން ފެނިފައިވާއިރު، މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި އެ ތަނުގެ ރެންޓް އެގްރީމަންޓް ވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ބޭނުންވި 88 ބަލިމީހަކު އުފުލައިދީފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ވިއްސާރަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
3 ގަޑިއިރު ކުރިން

މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ރާއްޖެއާ ހައިނާން ޔުނިވަރސިޓީއާ ދެމެދު މުހިންމު މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން

"އާރުވެރި މެޗިންގ ގްރާންޓް" މައުލޫމާތު ސެޝަން ދިއްގަރުގައި ނިންމާލައިފި
4 ގަޑިއިރު ކުރިން


