
މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ރާއްޖެއާ ހައިނާން ޔުނިވަރސިޓީއާ ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ފޮޝަރީޒް މިނިސްޓްރީ
މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ރާއްޖެއާ ހައިނާން ޔުނިވަރސިޓީއާ ދެމެދު މުހިންމު މަޝްވަރާތަކެއް!

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 12:05
މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، އިލްމީ އަދި ފަންނީ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ހައިނާން ޔުނިވަރސިޓީއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުގެ އިތުރުން ހައިނާން ޔުނިވަރސިޓީގެ މަތީ ފަންތީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމާ ގުޅޭ މައުލޫމާތު އެ ވުޒާރާއިން ވަނީ އެކްސް މެދުވެރިކޮށް ހާމަކޮށްފައެވެ.
މި ބައްދަލުވުމަކީ ރާއްޖެއާއި ހައިނާން ޔުނިވަރސިޓީއާ ދެމެދު މިހާރުވެސް އޮތް ގާތް ގުޅުމުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ. އެގޮތުން އެ ޔުނިވަރސިޓީގެ މާހިރުންގެ ބައިވެރިވުމާއެކު، މަސްވެރިކަމާއި ނޫ އިގްތިސާދާ ގުޅޭ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް މީގެ ކުރިންވެސް ރާއްޖޭގައި ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.
އެ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށާއި، ފާނައާއި އިތާމުތް ފަދަ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މުރަކަ ފަރުތައް ހިމާޔަތްކޮށް އާލާކުރުމުގެ ދާއިރާއިން އަގުހުރި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދިޔައެވެ.
އެންމެ ފަހުން ބޭއްވުނު މި ބައްދަލުވުމުގެ ސަބަބުން، މީގެ ކުރިން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ދެ ފަރާތުގެ ދެމެދުގައި މި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް ފުރުސަތު ލިބިގެންދިޔައެވެ.
މި އެއްބާރުލުމުގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދާއިރާއިން ދިވެހިންގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ބަންދަށް 30 ދުވަސް އިތުރު!
37 މިނިޓު ކުރިން

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ބޭނުންވި 88 ބަލިމީހަކު އުފުލައިދީފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ވިއްސާރަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
3 ގަޑިއިރު ކުރިން

"އާރުވެރި މެޗިންގ ގްރާންޓް" މައުލޫމާތު ސެޝަން ދިއްގަރުގައި ނިންމާލައިފި
4 ގަޑިއިރު ކުރިން


