
"އާރުވެރި މެޗިންގ ގްރާންޓް" މައުލޫމާތު ސެޝަނުގެ ތެރެއިން، ފޮޓޯ: ފޮޝަރީޒް މިނިސްޓްރީ
"އާރުވެރި މެޗިންގ ގްރާންޓް" މައުލޫމާތު ސެޝަން ދިއްގަރުގައި ނިންމާލައިފި

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 12:04
ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ "އާރުވެރި މެޗިންގ ގްރާންޓް" އާ ގުޅޭގޮތުން މ. ދިއްގަރުގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ސެޝަނަކީ ދިއްގަރުގެ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އެ ދާއިރާތަކާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، މި ގްރާންޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތްތަކާއި ޝަރުތުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ސެޝަނެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، "އާރުވެރި މެޗިންގ ގްރާންޓް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. މި ފުރުސަތުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ނޮވެންބަރު 2026 އެވެ.
މީގެއިތުރުން، އެކި ރަށްރަށުގައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އާރުވެރި ޕޯޓަލް (http://aaruveri.fishagriocean.gov.mv) މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު އެ މިނިސްޓްރީން ވަނީ ހަމަޖައްސައިދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ބަންދަށް 30 ދުވަސް އިތުރު!
37 މިނިޓު ކުރިން

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ބޭނުންވި 88 ބަލިމީހަކު އުފުލައިދީފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ވިއްސާރަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
3 ގަޑިއިރު ކުރިން

މަސްވެރިކަމާއި ނޫ އިގްތިސާދުގެ ދާއިރާއިން ރާއްޖެއާ ހައިނާން ޔުނިވަރސިޓީއާ ދެމެދު މުހިންމު މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން


