logo

ސިހުރު ހެދިކަމުގެ ތުޙުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

profile

އަހުމަދު ޒަލީފު - 05 ޖޫން 2024 - 23:39

ސިހުރު ހެދި ކަމުގެ ތުޙުމަތުގައި ހައްޔަރު ކުރި މީހާ

ސިހުރު ހެދި ކަމުގެ ތުޙުމަތުގައި ހައްޔަރު ކުރި މީހާ

ސިހުރު ހެދިކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ތެރޭގައި ށ. ފުނަދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އުމުރުން 60 އަހަރުގެ ފިރިހެން މީހާ މަސް ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ދޫކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނަ ހައްޔަރުކުރީ މިދިޔަ މަހުގެ 3 ގަ އެވެ. ބަންދުން ދޫކުރި އިރު، ތިން ފަހަރެއްގެ މަތިން ބަންދަށް ކޯޓުން މުއްދަތު ޖަހައި ދީފައިވެ އެވެ.

ފުލުހުން ބުނީ ކޯޓުން އޭނަ ދޫކުރީ އެންމެ ފަހުން ބަންދަށް ދިން މުއްދަތު ހަމަވާތީ އެކަމާ ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

އެ މީހާ ސިހުރު ހެދި ކަމަށް ތުހުމަތުކޮށްފައި ވަނީ ފުނަދޫ ދާއިރާގެ އާ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) އަށް އަމާޒުކޮށް ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން އެ މީހާއާ ދެކޮޅަށް މުޒަހަރާ ވެސް ކޮށްފައިވެ އެވެ.

https://int.etukuri.mv/
tel:+9607331319