
ކިޔޫއިން ޖާގަ ލިބި 3 އަހަރުވެފައިވާ، 70 އަހަރުން މަތީގެ ފަރާތްތަކަށް އަންނަ އަހަރު ހައްޖުވުމުގެ ފުރުސަތު ދެނީ!

ޖިނާން ޙުސައިން ޖަބީން - 12 އޮކްޓޯބަރު 2026 - 10:44
ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ތިން އަހަރަށްވުރެ ގިނަ ދުވަހު ހައްޖު ކިއުގައި ތިބި އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް، އަންނަ އަހަރުން ފެށިގެން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިދިނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
މި ނިންމުން ނިންމީ، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ދަށުން، އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ހައްޖު ކިއުގައި އިންތިޒާރުކުރަމުން ގެންދާތީ، އެ ފަރާތްތަކަށް ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުންތަކެއް ހުރުމާއެކުގައެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ، ވީހާވެސް ގިނަ ދޮށީ އުމުރުގެ ފަރާތްތަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މިފަދަ ނިންމުމެއް ނިންމި ސަބަބު ކަމަށެވެ.
މިކަމުގެ ތަފްސީލު ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރްޒުލް އަބްދުالله ހަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ، ހުރިހާ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި އުމުރަށާއި ކިއޫއިން ޖާގަ ލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. މި ފުރުސަތު ލިބޭނީ، 2023 ޑިސެމްބަރު 31 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ އަދި 2026 ޑިސެމްބަރު 31 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މިގޮތުން، އަންނަ އަހަރު 70 އަހަރުން މަތީގެ 324 މީހުންނަށް، އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނޭހެން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
މި އުސޫލުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ ފަރާތްތަކަކީ، މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށް ވެސް ވާންޖެހޭނެއެވެ.
އަލަށް ގެނެވުނު ބަދަލުގެ ސަބަބުން، ހައްޖުގެ އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ ފަރާތްތަކަށް ވަރަށް ބޮޑު އުންމީދެއް ލިބިގެންދާނެއެވެ. ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، މިއާއެކު ހައްޖު ކޯޓާގެ ބޭނުން އެންމެ އިންސާފުވެރި ގޮތުގައި ހިފި، ހައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ހުރިހާ އުމުރުފުރާތަކަށް ވެސް ފުރުސަތުތައް އަވަހަށް ލިބިގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
8 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
8 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
8 ގަޑިއިރު ކުރިން


