logo

ޑަބަލް ޓެކްސް ނެގުން ހުއްޓުވަން ހޮންގް ކޮންގް އާއެކު އެއްބަސްވުމެއް ހަދައިފި

profile

އައިޝަތު އިބްރާހިމް - 28 މޭ 2025 - 16:51

ރާއްޖެ އާއި ހޮންގް ކޮންގް އާއި ދެމެދު ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުން ޑަބަލް ޓެކްސް ނެގުން ހުއްޓުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

ދެ ޤައުމުގެ ދެމެދުގައި ޑަބަލް ޓެކްސް އެވޮއިޑަންސް (ޑީޓީއޭ) އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. ހޮންގް ކޮންގްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ޤައުމުގެ އިންލަންޑް ރެވެނިއު ޑިޕާޓްމެންޓުގެ ކޮމިޝަނަރު ޗެން ޒި ވައި ބެންޖަމިނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެކްސްގައި ކޮށްފައިވާ ޕޯސްގައި އެއްބަސްވުމާ ގުޅޭގޮތުން ބުނެފައިވަނީ، މިއީ ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ނެގުން ހުއްޓުމަކަށް ގެނައުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

undefinedޑަބަލް ޓެކްސް ނެގުން ހުއްޓުވުމުގެ އެއްބަސްވުމުގައި ސޮއިކުރުން/ ފޮޓޯ: މީރާ

އަދި ދެ ޤައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ޓެކުހަށް މަކަރު ހެދުމުގެ ދޮރުތައް ބަންދު ކުރުމަކީ ވެސް އެއްބަސްވުމުގެ މަޤްޞަދެއް ކަަމަށެވެ. އޭގެ އިތުރުން ދެ ޤައުމުގެ މެދުގައި ޓެކުހާ ގުޅޭ މަޢުލޫމާތުތައް ބަދަލު ކުރުމަށް މަގުފަހިވާނެކަން ވެސް މީރާއިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިން ވަނީ 2016 ވަނަ އަހަރު އިންޑިއާ އާއި އެކު ލިމިޓެޑް ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އަދި 2017 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، 2021 ވަނަ އަހަރު ބަންގްލަދޭޝް އަދި މިދިޔަ އަހަރު މެލޭޝިއާ އާއި ދެމެދު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އިތުުރު ޤައުމަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަކީ ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދެފުށް ފެންނަ ޓެކްސް ނިޒާމެއް އެކުލަވާލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް މީރާއިން ބުނެއެވެ.

https://etukuri.mv/
https://www.aslu.com.mv