logo

548 ފަސިންޖަރުންނާއެކު ކްރޫޒްލައިނަރ އެއް ރާއްޖެއައިސްފި

profile

މުޙައްމަދު ފަޟްލޫން - 19 ފެބްރުއަރީ 2026 - 14:41

548 ފަސިންޖަރުންނާއެކު ކްރޫޒްލައިނަރ އެއް ރާއްޖެއައިސްފިއެވެ.

https://wamco.com.mv/

ސީޝެލްސްގެ ސީޝެލްސް ގެ ވިކްޓޯރިއާ ޕޯރޓް އިން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ އެމްއެސް ކްރިސްޓަލް ސިންފޮނީ ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ.

މި ކްރޫޒްލައިނުން ރާއްޖެއަށް 587 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައިވާއިރު ކްލިއަރެންސް ދީފައިވަނީ އިމިގްރޭޝަނުންނެވެ.

ބަހާމާސްގެ އެމްއެސް ކްރިސްޓަލް ސިންފޮނީ ރާއްޖެއިން ފުރުއިގެން ދަތުރުކުރާނީ ސްރީލަންކާގެ ކޮލޮމްބޯއަށެވެ.

އެމްއެމް ކްރިސްޓަލް ސިންފޮނީ އަކީ ރާއްޖެ އައި ހަވަނަ ކްރޫޒް ލައިނަރ އެވެ.

ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk