ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2026 - 13:43
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރަައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލު ޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވައި ހާރިޖީ ވަޒީރު ޑރ އަބްދުالله ހަލީލް ވިދާޅުވީ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ގައުމަކަށް މިހާތަނަށް ދީފައިނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމަކުރަން ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ގައުމަކަށް ނުދޭނެ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރު ގައްސާން މައުމޫން އާއި ވަނީ ބައްދަލު ކުރައްވާފައެވެ.
ބައްދަލުވުންތަކަށް ފަހު ސާޖިއޯގެ އެކްސް އެކައުންޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހާރިޖީ ވުޒާރާ އާއި ދިފާއީ ވުޒާރާގެ އިސް ވެރިންނާއި ބައްދަލުކޮށް ދެގައުމުގެ ދެމެދުގައި ގުޅިގެން ކުރިއަށް ދެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ދިވެހި ސަރުކާރުން ސާޖިއޯ އާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތަފްސީލް ހާމަކުރަން ވަނީ ދެކޮޅު ހަދާފައެވެ.
މީގެ އިތުރުން ހަނގުރާމައިގެ އެއްވެސް ވައިގެ އުޅަނދަކަށް އެއަރޕޯޓުން ހިދުމަތް ދީފައިނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް އިސްރާއީލް އެއްވެސް މަތިންދާ ބޯޓަކަށް އެހީތެރިވެދީފައިނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
5 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
5 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
8 ގަޑިއިރު ކުރިން

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)