
ހާރިޖީ ވަޒީރު ޑރ އަބްދުالله ހަލީލް / ފޮޓޯ: ރައީސް އޮފީސް
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2026 - 13:43
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއިން ހަރަދުކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅާނީ އެއްވެސް ރައްޔިތަކަށް ގެއްލުމާއި ބުރަ ނުވާނެ ހެން ކަމަށް ހާރިޖީ ވަޒީރު ޑރ އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ މަޝްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވާފައެވެ.
އަސްލު ޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވައި ރައީސް ޑރ މުހައްމަދު މުއިއްޒު މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން އުފެއްދެވި ކޮމިޓީގެ ޗެއަރމަން އަދި ހާރިޖީ ވަޒީރު ޑރ އަބްދުالله ހަލީލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހަރަދު ކުޑަކުރަން ސަރުކާރުން އަޅާ ފިޔަވަޅުތައް އަޅަމުންދާނީ އެއްވެސް ރައްޔިތަކަށް ތަކުލީފަކަށް ނުވާފަދަ ފަސޭހަ ގޮތަކަށް ކަަމަށެވެ.
މިސާލެއްގެ ގޮތުން ހާރިޖީ ވަޒީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ދެއްވި ލަފަޔާއި އެއްގޮތަށް ރާއްޖެއިން ބޭރަށް ދައުލަތުގެ ވަޒީރުން ދަތުރުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން ގިނަ ދަތުރުތަކެއް ހާރިޖީ ވަޒީރު ކެންސަލް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ހަނގުރާމަ އާއި ގުޅުންހުރި ނޫނީ މަސްލަހަތު ފުށުއަރާ އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭކަން ކަށަވަރުކޮށްދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
5 ގަޑިއިރު ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
5 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
8 ގަޑިއިރު ކުރިން

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)