logo

ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 09 ޑިސެމްބަރު 2025 - 07:50

ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފިއެވެ.

https://wamco.com.mv/

މި ކޮންފަރެންސަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކައުންސިލްތައް އޮޑިޓް ކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އެވެ.

ކައުންސިލްތައް ހަގީގީ މާނައިގައި ހިންގުމަށް އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ކޮންފަރެންސަކީ އަލަށް ޢައްޔަންކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ.

އޮޑިޓަރުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އުފެއްދުންވެސް މި ކޮންފަރެންސްގެ މަޤުސަދުގެ ތެރޭގައި ހިމެނެއެވެ.

މި ކޮންފަރެންސްގެ ޝިޢާރަކީ ސްޓްރެންތިން ގަވަރނަންސް އިންޓްރޮޑިއުސިންގ އިންޓަރނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް އެވެ.

ޖުމްލަ 47 ބައިވެރިންނާއެކު ކުރިއަށްދާ މި ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން އަދި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވެއެވެ.

މިއީ، މިގޮތަށް ކައުންސިލްތަކުގެ އިންޓަރނަލަ އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފޯރަމެވެ.

ކުރިއަށް އޮތް ތަނުގައި މި ފޯރަމް ސިލްސިލާ ފޯރަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay