
މިނިސްޓަރ އޮފް ފިޝަރީޒް މެރިން އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް
މިސަރުކާރުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ: މިނިސްޓަރ ޝިޔާމް

މުޙައްމަދު ފަޟްލޫން - 10 ޑިސެމްބަރު 2025 - 14:25
މިސަރުކާރުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މިއަދު ކުރަމުންދިޔަ އިހްތިޖާޖާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފަ ހުުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލަ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތުގައި ކަންނެލީގެ އަގުދަށްވާ މައްސަލަ ކަަމަށެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކަންނެލިމަހުގެ ވިޔަފާރީގައި ސަރުކާރުގެ ދަޢުރު ފުޅާކުރުމަށާއި، ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދު ވީހާވެސް އަވަހަށް ތަންފީޒުކުރެއްވުމަށް އެފަރާތްތަކުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ޤާއިމުކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެތެރޭގައި ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންއަންނަ ކަމަށް މިނިސްޓަރ ގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ހާއްސަ އިރުޝާދާއެކު މާލެ ސަރަޙައްދުގައި ތެލަށް ހެޔޮ ބަދަލެއް ގެނެވި، މިފްކޯއިން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ އަގުތަކަށް މިދިޔަ އަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކުރަން އަދިވެސް ހުރިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއްކަމަށާއި މިސަރުކާރަކީ ރާއްޖޭގައި ކުރާ ހުރިހާ ބާވަތެއްގެ މަސްވެރިންގެވެސް ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރަކަށްވާނެކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރ ގެ ޕޯސްޓްގައި ވަނީ ދެެއްވާފައެވެ.
ބޮޑުކަންނެލި ޔޫނިއަން އިން އިސްނަގައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ދޯނިތަކުގައި މިއަދު ވަނީ މާލޭގެ 1 ނަމްބަރު ފާލަން ބޭރުގައި މުޒާހަރާކޮށްފައެވެ.
މި މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރަށް ގޮވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ގަޑިއިރެއް ކުރިން

މެޑަމް ސާޖިދާ "ވިވިޑް ރިއަލިޒަމް - ބައި ހުސައިން" މައުރަޒު އިފުތިތާހުކޮށްދެއްވައިފި
ގަޑިއިރެއް ކުރިން

ދ އަތޮޅު ހޮސްޕިޓަލްގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި
ގަޑިއިރެއް ކުރިން

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތުނުފެތުރުން އެދެން: އީސީ
ގަޑިއިރެއް ކުރިން


