
ޕީއެސްއެމް ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު ހަމަޖައްސަވައިފި

އާމިނަތު އާފިޔާ - 10 ޑިސެމްބަރު 2025 - 12:13
ފަބްލިކް ސާރވިސް މީޑިއާ - ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބު އައްޔަނު ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑްއިން މިއަދު އެކްސްގައި ކުރިޕޯސްޓެއްގައި، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ދަފްތަރު ނަންބަރު ރސ 6886 އަލްފާޟިލް މުހައްމަދު ޝަކީބު އައްޔަނު ކުރައްވާފައިވާކަން ވަނީ ހާމަކޮށްފައެވެ.
އަހުމަދު ޝަކީބް މިމަގާމަށް އައްޔަނު ކުރައްވާފައިމިވަނީ، ކުރިން އެމަގާމު ފުރުއްވަމުން ގެންދެވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެންބަރު 29 ވަނަދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަހުމަދު ޝަކީބަކީ މިސަރުކާރުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި ހަތަރުވަނަ ބޭފުޅާއެވެ. އޭގެ ކުރިން މިމަގާމު ފުރުއްވާފައިވަނީ އެންމެ ފަހުން އެމަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން ގެ އިތުރުން ދެވަނައަށް އައްޔަނު ކުރެއްވި މުހައްމަދު ސައީދު އަދި އެންމެ ފުރަތަމަ އެމަގާމަށް އައްޔަނުކުރެއްވި ޒީނާ ޒާހިރު އެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލޭ ސަރަހައްދުގެ މިސްކިތްތައް އޭސީ ކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ގަޑިއިރެއް ކުރިން

މެޑަމް ސާޖިދާ "ވިވިޑް ރިއަލިޒަމް - ބައި ހުސައިން" މައުރަޒު އިފުތިތާހުކޮށްދެއްވައިފި
ގަޑިއިރެއް ކުރިން

ދ އަތޮޅު ހޮސްޕިޓަލްގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި
ގަޑިއިރެއް ކުރިން

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތުނުފެތުރުން އެދެން: އީސީ
ގަޑިއިރެއް ކުރިން


