
ނައިފަރުގައި 10 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ފަޟްލޫން - 28 ޑިސެމްބަރު 2025 - 11:24
ޅ ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކައިފިއެވެެ،
ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 10 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރު ކުރުމަށެވެ.
މި މަސައްކަތުގައި ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓު މިހާރު ސައިޓައް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މުޅި މަސައްކަތުގެ 29 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސިއިން ވަނީ ބުނެފައެވެ،
މި މަސައްކަތުގެ ދަށުން ހިއްކި ބިން ޙިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
679 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނައިފަރަކީ، ރާއްޖޭގައި 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން 1 ރަށެވެ.
ގުޅުން ހުރި ޙަބަރުތައް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން ބަދަލުކޮށްފި
2 ގަޑިއިރު ކުރިން

ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި
3 ގަޑިއިރު ކުރިން

399 ފަރާތަކާއި ފްލެޓްގެ ތަޅުދަނޑި ވަނީ ހަވާލްކުރެވިފައި: ވަޒީރު މުއްތަލިބު
4 ގަޑިއިރު ކުރިން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ހާއްސަ ލުއިތަކެއް ދޭނެ: ވަޒީރު ސައީދު
4 ގަޑިއިރު ކުރިން


