logo

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ހާއްސަ ލުއިތަކެއް ދޭނެ: ވަޒީރު ސައީދު

profile

މުޙައްމަދު ފަޟްލޫން - 28 ޑިސެމްބަރު 2025 - 09:26

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ހާއްސަ ލުއިތަކެއް ދޭނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި ތައާރަފްކުރާ ކަންތައްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ،

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ،
ރައީސް ގެ މި ނިންމެވުމާއި އެކު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ލިބިގެންދާނެ ކަަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަޒީރު ސައީދު ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށާއި އަލަށް އެދާއިރާއަށް ވަންނަ ފަރާތްތަަކަށް ރައީސްގެ ނިންމެވުމުގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭ ލުއިތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay