
މަސްވެރިންތަކެއް،، ފޮޓޯ: ސޯޝަލް މީޑިއާ
މަސްވެރިކަމަށް ޒުވާނުން ނެރުމަށް ތަމްރީނު ޕްރޮގްރާމެއް ބާއްވަނީ

އާމިނަތު ޝަޒްލާ - 21 ނޮވެމްބަރު 2026 - 12:41
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިއީ ވާލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށް އެކަނި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ، މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރި، ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، އަދި މިހާރު މަސްވެރިންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ހީނާ ގޯޅީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

ޑޮލަރުގެ މައްސަލަ ހައްލުނުކުރެވި އޮތް އިރު، ރަށްރަށުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ: ނަޝީދު
2 ގަޑިއިރު ކުރިން

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް!
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވިހަ ބަނގުރާ ބޮއިގެން އިންޑިއާގެ މަނީޕޫރުން 11 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން


