logo

މި އަހަރު ބޮލީވުޑްގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި "އަލްފާ"!

profile

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 15:04

މި އަހަރު ރިލީޒްކުރާ ބޮލީވުޑްގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އަލްފާ" އަށް މުޅި ދުނިޔޭގެ ސިނަމާގެ ފޭނުން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

https://wamco.com.mv/

އާލިއާ ބަޓް މައި ރޯލުން ފެނިގެންދާ "އަލްފާ" މި ފިލްމަކީ ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް) ގެ ކާމިޔާބު "ސްޕައި ޔުނިވާސް" ގައި އަންހެން ބަތަލަކު އިސްވެ ހުރެ ކުޅޭ ފުރަތަމަ ފިލްމު، ކަމަށްވުމުން، މިއީ ފާހަގަކޮށްލެވޭ ތާރީޚީ ފިލްމެކެވެ.

ކޮންމެ ކަހަލަ ރޯލަކަށްވެސް ފަރިތަ އާލިއާ ބަޓް "އަލްފާ" އިން ފެނިގެންދާނީ މުޅިން ތަފާތު ސިފައެއްގައެވެ. އޭނާ މި ފިލްމުގައި ކުޅެނީ ނުރައްކާތެރި މިޝަންތަކެއްގައި ހަރަކާތްތެރިވާ، ތަމްރީނު ލިބިފައިވާ ޖާސޫސީ އޭޖެންޓެއްގެ ރޯލެވެ. ދާދިފަހުން ނެރުނު މި ފިލްމުގެ ޓީޒާއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އޭގައި އާލިއާ ފެންނަނީ ވަރުގަދަ އެކްޝަން މަންޒަރުތަކާއި، ކުރިމަތިލުންތަކުގެ ތެރެއިން ވަރަށް ބާރުގަދަ އަދި ތަފާތު މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ.

undefined

ޝިވް ރަވައިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ޝަރުވަރީ، ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު ފެނިގެންދާނެއެވެ. ފިލްމީ ދާއިރާގެ ޚަބަރުތައް ބުނާގޮތުން، މިއީ އެކްޝަން، ސަސްޕެންސް، ޖާސޫސީ ކަންތައްތަކާއި އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިއީ "ވައި.އާރް.އެފް ސްޕައި ޔުނިވާސް" އަށް އިތުރުވެގެންދާ އާ ބާބެކެވެ.

ފިލްމުގެ ޓީޒާ އާންމުކުރުމާ އެކު، އާލިއާ ބަޓް އެކްޝަން ބަތަލާއެއްގެ ގޮތުގައި ފެނިގެންދާތީ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ މިކަމާ މެދު ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް، ފިރިހެން ޖާސޫސުން އިސްކޮށްގެން ތައްޔާރުކުރާ މި ފްރެންޗައިޒްގައި، އަންހެން ކެރެކްޓާއަކަށް މައިގަނޑު ދައުރެއް ދީފައިވާތީ ގިނަ ބަޔަކު ތިބީ ފިލްމަށް ކެތްމަދުވެފައެވެ.

"ވައި.އާރް.އެފް ސްޕައި ޔުނިވާސް" އަކީ މީގެ ކުރިން ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ، އިންޑިއާގެ އެންމެ މަގުބޫލު އެއް ފިލްމީ ސިލްސިލާއެވެ. "އަލްފާ" އާއެކު އެ ސްޓޫޑިއޯގެ އަމާޒަކީ، ވަރުގަދަ އަންހެން ކެރެކްޓާތަކެއް އިސްކޮށްގެން، މި ޔުނިވާސް އިތުރަށް ފުޅާކޮށް ފުރިހަމަ އެކްޝަން ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމެވެ.

ފިލްމީ ދާއިރާގެ މާހިރުން ގަބޫލުކުރާ ގޮތުގައި 'އަލްފާ' އަކީ ބޮލީވުޑްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު އުފެއްދުމަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެން ބަތަލުން އިސްކޮށް ހަރަކާތްތެރިވާ އެކްޝަން ފިލްމުތައް އުފެއްދުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށްވެސް އެ ފަރާތްތަކުން ދެކެއެވެ. މި ފިލްމުގެ މަސައްކަތްތައް ކުރިއަށްދާ ބޮޑު މިނާއި، ބޭރުގެ އެކި ޤައުމުތަކުގައި މަންޒަރުތައް ނަގަމުންދާ ދިއުމުގެ އިތުރުން، ފެންވަރު ރަނގަޅު އެކްޝަން މަންޒަރުތަކުގެ ސަބަބުން ބެލުންތެރިން މި ފިލްމަށް ކުރާ އިންތިޒާރު ވަނީ ކުރިއަށްވުރެ ބޮޑަށް އުފުލިފައެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު ކައިރިވަމުން އަންނަ ވަރަކަށް ބެލުންތެރިންގެ މެދުގައި އޮތް ޝައުޤުވެރިކަން ދަނީ އިތުރުވަމުންނެވެ. އާލިއާ ބަޓްގެ ހުނަރުވެރި އެކްޓިންއަށް ބަލާލުމަށާއި، 'ވައި.އާރް.އެފް ސްޕައި ޔުނިވާސް' ކުރިއަށްދާ ގޮތް ބަލާލުމަށް ފޭނުން ތިބީ ނުހަނު ކެތްމަދުވެފައެވެ.

'އަލްފާ' މުޅި ދުނިޔޭގެ ސިނަމާތަކުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖުލައި 3 ގައެވެ. މަޝްހޫރު ފަންނާނުންތަކެއް ފެނިގެންދާ، ޝައުޤުވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ވެގެންދާނީ މި އަހަރު ބޮލީވުޑުން ނުކުންނާނެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ފިލްމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk