
ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވޮލަވްމަންޓްގެ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 10:30
މި އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތަށް 2.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ އެއަރޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މައިގަނޑު ދެ ބާވަތެއްގެ ފީއާއި ޓެކްސް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސްގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު މި ދެ ބައިން ޖުމްލަ 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ.
މީގެ ތެރެއިން ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރު ލިބުނު 1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 14.5 އިންސައްތައިގެ އިތުރުވުމެކެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް މި މުއްދަތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 14.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ދިގުރަށު އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި
37 މިނިޓު ކުރިން
.webp&w=3840&q=75)
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް: އެމްއެންޑީއެފް
39 މިނިޓު ކުރިން

ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން: ޝިޔާމް
40 މިނިޓު ކުރިން

ކަސްޓަމްސްގެ ދައުރު އާމްދަނީ އާއި ބޯޑަރު ބެލެހެއްޓުމަށްވުރެ، މަސްއޫލިއްޔަތުތައް މާ ފުޅާ: އިޙްސާން
41 މިނިޓު ކުރިން


