logo

ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި

profile

ޝަހްޒާ މުޙައްމަދު - 21 ފެބްރުއަރީ 2026 - 15:30

ސައުދީ އަރަބިއްޔާގެ ރަސްގެފާނު 'ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ' ރޯދަވީއްލުމުގެ ޕްރޮގްރާމާއި މޮޅު ކަދުރު ހަދިޔާކުރުމުގެ މަޝްރޫއު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫއު އިފްތިތާހުކުރެއްވީ މިއަދު ހަވީރު 17:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ ޝަހީމް އަލީ ސައީދުއެވެ.

މި މަޝްރޫއުގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ޝަހީމް ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫއު އިފްތިތާހުކުރުމަށްޓަކައި ސައުދީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައި ވާއިރު ދެފަރާތުން ގުޅިގެން ހާއްސަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުހިންމު ކަންތައްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް ވިދާޅު ވިއެވެ.

މި ހަރަކާތްތަކަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަދުގެ ރޯދަ ވީއްލުމުގައި ބައިވެރިވުމަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk