
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވުމާ ގުޅިގެން އާއިލާއަށް ބޯހިޔާވެހިކަން ފޯރުކޮށްދީފި

އައިޝަތު އިނާޝާ - 21 ފެބްރުއަރީ 2026 - 08:42
ރޭ ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ބުނީ ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
އެހެންކަމުން އެ އޮތޯރިޓީންވަނީ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އެޕާޓްމެންޓްގެ ބަދިގެއަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފައެވެ. އަދި ބައެއް ތަކެތި ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާފައެވެ.


.webp&w=3840&q=75)



.gif&w=3840&q=75)