logo

ޔޫޒަބަލް ރިޒާވް 300 މިލިއަން ޑޮލަރުން މައްޗަށް

profile

ޝަހްޒާ މުޙައްމަދު - 21 ފެބްރުއަރީ 2026 - 15:30

މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 1.03 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރި 983 މިލިއަން ޑޮލަރަށްވުރެ 4 ޕަސެންޓް އިތުރު އަދަދެކެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަސް ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 839.87 މިލިއަން ޑޮލަރުގަ އެވެ.

ރަސްމީ ރިޒާވް އާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ޖެނުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 300 މިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ. ބޭނުންކުރެވޭ ރިޒާވްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 244 މިލިއަން ޑޮލަރެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk