logo
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ދިޔަ މައުލޫމާތު ޝެޝަންގެ ތެރެއިން

އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ދިޔަ މައުލޫމާތު ޝެޝަންގެ ތެރެއިން

ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ގޮތުން އިސްރަށްވެހިންނަށް މައުލޫމާތު ދީފި

profile

މުޙައްމަދު ފަޟްލޫން - 15 ޖެނުއަރީ 2026 - 09:13

ދިވެހި ފުލުހުންގެ ޚިދުމަތާއި ހުޅުމާލެ އިސްރަށްވެހިންގެ ނާދީ ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

https://wamco.com.mv/

ހިޔާ 8 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަނަކީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ އެކި ބާވަތުގެ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާއި، މިފަދަ ކަންކަމަށް ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު އިސްރަށްވެހިންނަށް ފޯރުކޮށްދިނުމަށް ބޭއްވި ސެޝަނެކެވެ.

އިސްރަށްވެހިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އަމާޒުކޮށްގެން މިފަދަ ތަފާތު ހަރަކާތްތައް ކޮންމެ ހަފުތާއަކުވެސް އިސްރަށްވެހިންގެ ނާދީގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay