logo

އެން.ސީއެސްގެ ކެރިޔާ ގައިޑެންސް ސެޝަން އައްޑޫ ހައި ސްކޫލްގައި ބާއްވައިފި

profile

މުޙައްމަދު ފަޟްލޫން - 25 ނޮވެމްބަރު 2025 - 04:41

ނޭޝަނަލް ކެރިޔަރސް ސަރވިސެސް (އެން.ސީ.އެސް) އަދި މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ ޕްރޮޖެކްޓް)ގެ ފަރާތުން އައްޑޫ ހައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކެރިޔާ ގައިޑެންސާއި ގުޅޭ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ސެޝަންގެ މައިގަނޑު މަޤްސަދަކީ ސްކޫލް ދަރިވަރުންނަށް އެ ދަރިވަރުންގެ ވަޒީފާގެ ރޮނގު ޚިޔާރުކުރުމުގައި އެހީއާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ އިތުރުން މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ ވަޒީފާގެ މައިދާނަށް ނިކުންނަ ޒުވާނުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ. އެގޮތުން، ސީ.ވީ ތައްޔާރުކުރުމާއި، ވަޒީފާގެ އިންޓަވިއުގެ އުކުޅުތަކާއި ގުޅޭގޮތުން މި ސެޝަންގައި މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

މާލޭގެ ސްކޫލްތަކާއި އަތޮޅުތެރޭގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ނޭޝަނަލް ކެރިޔަރސް ސްކިލްސް (އެން.ސީ.އެސް)ގެ ފަރާތުން މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ ޕްރޮޖެކްޓް)އާއި ގުޅިގެން ހިންގާ މިފަދަ ސެޝަންތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަޒީފާގެ މާހައުލާއި ގުޅޭ ހޭލުންތެރިކަން އިތުރުވެ ރާއްޖެއަށް މުހިއްމު އެތަށް ދާއިރާއަކުން ޤާބިލް މަސައްކަތްތެރިން ބިނާ ވެގެންދާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay