logo

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 10:41

އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުންނާއިއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށެވެ.

މީގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށާއި، ދުނިޔޭގެ އިންވެސްޓަރުންނަށާއި ވަކިވަކި ފަރުދުންނަށް އާމްދަނީ ހޯދުމުގެ އާ މަގުތަކާއި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ވަނީ މިކަމުގައި ސަރުކާރާއި ރައީސް ގެ އިތުރުން އެކިއެކި ވުޒާރާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީފައިވާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޕެރަޓް ކްރިސްޓިކް ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރާނީ ނ. އަތޮޅުގައެވެ.

މި މަޝްރޫޢު ނިންމަން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްރޫއަކަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay