
ވެނިސް ފިލްމު ފެސްޓިވަލުގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ޑައިރެކްޓަރަކަށް އެވޯރޑެއް

އައިޝަތު އިބްރާހިމް - 10 ސެޕްޓެމްބަރު 2025 - 12:07
މިދިޔަ އޮގަސްޓް މަހުގެ 27 އިން ފެށިގެން މި މަހުގެ ހަވަނަ ދުވަހާ ހަމައަށް އިޓަލީގެ ވެނިސް ލިޑޯގައި ކުރިއަށްދިޔަ ވެނިސް ފިލްމު ފެސްޓިވަލުގެ ކެޓަގަރީއަކުން ފުރަތަމަ ފަހަރަށް އިންޑިއާގެ ޑައިރެކްޓަރަކު އެވޯޑެއް ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ ފިލްމުތައް އުފައްދާ އަނޫޕަރުނާ ރޯއިއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު މި ފެސްޓިވަލުގައި ލިބުނީ އެ ފެސްޓިވަލުގެ ޚާއްސަ 'އޮރިޒޮންޓީ ކޮމްޕެޓިޝަން'އިންނެވެ.
މި މުބާރާތަކީ ވެނިސް ފިލްމު ފެސްޓިވަލްއާ ގުޅުވައިގެން ކޮންމެ އަހަރެއްގެ ފެސްޓިވަލުގައި ވެސް އެވޯޑު ދެވޭ މުބާރާތަކެވެ. މި މުބާރާތުގައި ކުރިއަރަމުން އަންނަ މިނިވަންކަމާ އެކު ފިލްމު އުފައްދާ ފަންނާނުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުން ވެސް ހިމެނެއެވެ. އަނޫޕަރުނާ ރޯއިއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ އޭނާ އުފެއްދި ފިލްމު "ސޯންގްސް އޮފް ފޮގޮޓެން ޓްރީސް"އިންނެވެ.
ނާޒް ޝައިހް އަދި ސުމީ ބަގެލް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، އޮރިޒޮންޓީ ސެކްޝަނަށް މި އަހަރު ހޮވުނު ހަމައެކަނި އިންޑިއާ ފިލްމެވެ. މި ފިލްމުގައި ދައްކުވައިދެނީ މުމްބާއީގައި އެކަނިމާއެކަނި ދިރިއުޅުން ބިނާކުރުމަށް ދެ އަންހެނަކު ކުރަމުން އަންނަ މަސައްކަތާ އެކު ދެ މީހުންނަށް އެކަމުގައި ދިމާވާ ގޮންޖެހުންތަކެވެ.
މި އެވޯޑާ ހަވާލުވަމުން އަނޫޕަރުނާ ބުނީ، އެ ފިލްމަކީ އެފަދަ ހިތްވަރުގަދަ އަންހެނުންނަށް ދިން ޓްރިބިއުޓެއް ކަމަށެވެ. ހަމައެއާއެކު އެ ފިލްމުގެ އެހީގައި އެފަދަ އަންހެނުންގެ އަޑުތައް އިއްވައިދީ އެފަދަ ވާހަކަތައް ބެލުންތެރިންނަށް ގެނެސްދިނުމުގެ ހިތްވަރު ކޮންމެ ފިލްމު އުފެއްދުންތެރިއަކަށް ލިބުމަކީ އޭނާގެ އުންމީދެއް ކަމަށް ވަނީ ބުނެފައެވެ.
މި ފެސްޓިވަލު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޑައިރެކްޓަރު އަނޫޕަރުނާ ރޯއި ވަނީ އިޒްރޭލުން ފަލަސްޠީނުގެ ކުޑަކުދިންނަށްދޭ ހަމަލާތަކާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ.
އަނޫޕަރުނާ ބުނިގޮތުގައި ކޮންމެ ކުއްޖަކީ ވެސް ސުލްހައާއި މިނިވަންކަން އަދި އަމާންކަން ހައްގު ކުއްޖެކެވެ. އަދި، ފަލަސްތީނުގެ ކުޑަކުދިން އެކަމުން އެއްކިބާކޮށްނުލެވޭނެ ކަމަށާއި އިޒްރޭލުން ފަލަސްޠީނުގެ ކުޑަކުދިން މަރަމުންދާ މަންޒަރަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަނޫޕަރުނާ ވަނީ ބުނެފައެވެ.
އިޒްރޭލާ ދެކޮޅަށް އޭނާ ވާހަކަދެއްކުމުން އެކަމަށް ތައުރީފުކޮށް އެއްވެސް މީހެއްގެ އަތްތިލަބަޑިއެއް ބޭނުން ނޫން ކަމަށާއި އޭގެ ބަދަލުގައި ކޮންމެ މީހެއްގެ ޒިންމާއަކަށް ވެސް ވާންޖެހެނީ ފަލަސްޠީނާ އެއްކޮޅަށް ތެދުވެ އަޑު އުފުލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަނޫޕަރަނާ ވަނީ މުސްތަޤްބަލުގައި ސީކުއެލް އެއް ހަދަން ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ. އަނޫޕަރަނާ ބުނީ މަނޯޖް ބަޖްޕާއީ، ރާދިކާ އާޕްޓޭ، ކޮންކޮނާ ސެން ޝަރުމާ، އާދިލް ހުސައިން، ސަޔާނީ ގުޕްތާ، ޕަންކަޖް ތުރިޕަތީ، އަނޫރާގް ކަޝްޔަޕް ފަދަ ތަރިން ވެސް އޭނާ މަސައްކަތް ކުރަން ބޭނުންވާ ތަރިންގެ ލިސްޓުގައި ހިމެނޭކަމަށް ބުނެފައެވެ. ކަރީނާ ކަޕޫރުގެ އަނޫރަޕަނާގެ ބޮޑު ފޭނެއްކަންވެސް ހާމަކޮށްފައިވެއެވެ. ވެނިސްގައި ސިނެމެޓިކް ތަރިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުނުކަންވެސް ހާމަކުރިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން