logo
ޕީޖީ އައްބާސް ޝަރީފް

ޕީޖީ އައްބާސް ޝަރީފް

ޝަރީއަތް ފަސްކޮށްދޭން އެދެވޭނީ ހުކުމާ ހަމައަށް ގޮސްފައިވާނަމަ: ޕީޖީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 03 އޮކްޓޯބަރު 2024 - 17:20

ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފަކާ ބެހޭ ޝަކުވާއަކާ ގުޅިގެން ޝަރީއަތެއް ފަސްކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެދޭނީ ހުކުމާ ހަމަޔަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށް އެ އޮފީހުން ބުނެފިއެވެ.

https://wamco.com.mv/

ޕީޖީ އޮފީހުން މިގޮތަށް ބުނެ ބަޔާނެއް ނެރެފައިމިވަނީ، އެ އޮފީހުން ކުރިން ނިންމި ނިންމުންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 20 ދުވަހުގެ މުއްދަތަކަށް ހުޅުވާލާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ޕީޖީން ބުނެފައިވަނީ، އެ އޮފީހުން ކޯޓަށް ހުށަހަޅައި، ހިނގަމުންދާ ދައުވާތަކާއި، އިސްތިއުނާފްކޮށް ހިނގަމުންދާ އިސްތިއުނާފްތަކާއި މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރުމަށް ހުށަޅާ ޝަކުވާތައް މުރާޖައާކޮށް އެންމެ އަވަސްމިނުގައި ގޮތެއް ނިންމުމަށް އެ އޮފީހުގެ މަސައްކަތްތަކަަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ޕީޖީން ބުނީ މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖާކުރުމަށް ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެން ބަންދުގެ ހާލަތްތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ މައްސަލަތައް ބަންދު މުރާޖައާ ކުރުމަށް ކޯޓުގެ ސަމާލުކަމަށް ގެނެވޭނެ ކަމަށެވެ.

އަދި ދައުވާތަކާއި އިސްތިއުނާފަކާ ގުޅޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއް ފަސްކޮށްދިނުމަށް އެ އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ހުކުމާ ހަމަޔަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި ކަމަށް ވެސް ބުނެފައި ވެއެވެ.

https://etukuri.mv/
https://www.aslu.com.mv