logo

މެމްބަރެއްގެ ދައުރު ހަމަވާތީ މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

profile

އަހުމަދު ޒަލީފު - 07 ޖުލައި 2023 - 17:40

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

މީޑިއާ ކައުންސިލުގެ މެމްބަރުކަމުގައި ހުރި މުހައްމަދު ޝާފިއުގެ ދައުރު ހަމަވާތީ, އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އަންނަ ސެޕްޓެމްބަރު 10، ގައި ދައުރު ހަމަވާ ޝާފިއުއަކީ މީޑިއާ ކައުންސިލުގެ ހަ ވަނަ ދައުރުގެ އިނާމް ކޮމެޓީގެ މުގައްރިރުކަމާއި އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މެމްބަރުކަން އަދި ހަތް ވަނަ ދައުރުގެ އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މުގައްރިރުކަމާއި އަދި ޝަކުވާ ބަލާ ކޮމިޓީގެ ވެސް މެމްބަރެކެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނޫސްވެރިންގެ އަބުރުކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެކަމެއް ނޫންކަމަށާއި، ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ ބުނެފައެވެ.

މީޑިޔަ ކައުންސިލުން މިފަދައިން ބުނެފައި މިވަނީ، ފަހަކަށް އައިސް ވަކިވަކި ނޫސްވެރިންނަށާއި، މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަ ކުރުމާއި، އިންޒާރުތައް ދިނުމާއި ބިރުދައްކާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވަ ބަޔާނުގައެވެ.

އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން މީޑިއާ އިދާރާތަކަށް ވަދެ ނޫސްވެރިޔާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް ބިރުދައްކައި އިންޒާރުދިނުމާއި، ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރު ކަތިލައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. ދައުރު ހަމަވެފައި މިވަނީ އާންމު މެމްބަރެއްގެ އެވެ.

tel:+9607331319