logo

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް "ލަހެއްފަހެއްނެތި" ވަގުތުން ހުއްޓާލުމަށް މުޙައްމަދު ބިން ސަލްމާންއާއި، ފަރަންސޭސި ރައީސް މެކޯން ގޮވާލައްވައިފި

profile

ސައިފް އަޒުހަރު - 03 ޑިސެމްބަރު 2024 - 08:01

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް "ލަހެއްފަހެއްނެތި" ވަގުތުން ހުއްޓާލުމަށް ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި، ފަރަންސޭސި ރައީސް އިމެނުއެލް މެކޯން ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ދެބޭފުޅުން މިކަމަށް ގޮވާލެއްވީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ދެބޭފުޅުން ބައްދަލުކުރެއްވުމަށް ފަހުގައެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ފަރަންސޭސި ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ދެގައުމުން މަސައްކަތް ކުރުމާ ގުޅޭގޮތުން ރައީސް މެކޯންއާއި، މުޙައްމަދު ބިން ސަލްމާންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ލަސްނުކޮށް ހުއްޓުމަކަށް ގެނެސް، ޣައްޒާގައި ތިބި އިސްރާއީލުގެ ރަހީނުން މިނިވަންކޮށް އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް އިސްކަން ދިނުމަށްވެސް ދެ ލީޑަރުން އެއްބަސްވެވަޑައި ގެންފައި ވެއެވެ.

ހަމަ އެއާއެކު، އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށްވެސް މުޙައްމަދު ބިން ސަލްމާންއާއި، އިމެނުއެލް މެކޯން އެއްބަސްވެވަޑައި ގެންފައި ވެއެވެ. އިސްރާއީލުން ގެންދަނީ، ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފްވަމުންނެވެ.

ލުބުނާނުގެ އެތެރޭގެ ކަންކަމަށް ހަމަޖެހުން ގެނައުމަށްޓަކައި ވީހާވެސް އަވަހަކަށް ރިޔާސީ އިންތިޚާބު ބޭއްވުމަށް ދެ ލީޑަރުން ގޮވާލެއްވިއެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކޯންގެ ސައުދީ ދަތުރުފުޅަކީ، 2006 ވަނަ އަހަރުގެ ފަހުން ފަރަންސޭސި ރައީސަކު ސައުދީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

https://etukuri.mv/
tel:+9607331319