logo

ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޖެނުއަރީ 2026 - 06:19

ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުވެފައިވާ ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި މިހާތަނަށް އަމަލުކުރަމުން އައި އުސޫލު ސިވިލް ސާވިސް ކޮމިޝަނުން ބަދަލުކޮށްފިއެވެ.

https://wamco.com.mv/

ކުރިން އަމަލުކުރަމުން އައި ގޮތުން މުސާރައިގެ ކުރިއެރުން ލިބެނީ ފިނޭންސް މިނިސްޓްރީން އެކަމަށް ހުއްދަދޭ ތާރީހުން ފެށިގެން ކަމަށްވީ ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ދެން މުސާރައިގެ ކުރިއެރުން ލިބޭނީ އެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެންނެވެ.

މި ބަދަލާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒް ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައިވާ ގޮތުން، މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދިނުމަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަވެ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބުމުން، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވި ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ބޮޑުކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ޖޮބް މެޓްރިކްސްގައި އެކި ދާއިރާތަކުގެ މަގާމުތަކަށް އަންނާނެ ބަދަލުތަކުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި އިދާރީ، ތައުލީމީ، ސިއްހީ އަދި ފިސްކަލް ދާއިރާ ފަދަ ގިނަ ދާއިރާތަކެއް ހިމެނެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުތަކާއެކު ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ ޖުޑިޝަރީއާއި ބައެއް ކައުންސިލްތަކުގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މުސާރަތައް އެއްހަމަކުރުމުގެ މަގުސަދަކީ ހުރިހާ މުވައްޒަފުންނަށްވެސް ކަރަމާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުން ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay