
ލަންކާ އަށް 50،000 ޑޮލަރާއި 25,000 މަސްދަޅު ދެނީ

ޝަހްޒާ މުޙައްމަދު - 29 ނޮވެމްބަރު 2025 - 04:41
ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ގައުމަށް އެހީވާން ރާއްޖެ އިން 50،000 ޑޮލަރާއި 25،000 މަސްދަޅު އެހީގެ ގޮތުގައި ހަދިޔާ ކުރަން ނިންމައިފި އެވެ.
މިއީ ތޫފާން "ޑިޓްވާ" ގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދޭން ނިންމި އެހީއެކެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތޫފާނުގައި ލަންކާ އިން މިހާތަނަށް ވަނީ 69 މީހުން މަރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދީނާ ޚިލާފު ފިކުރުތަކަށް އިންތިޚާބުތަކުގައި ފުރުސަތު ދިނުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް: ރައީސް
ދުވަހެއް ކުރިން

ކުރިއަށް އޮތީ ވިޔަފާރިވެރިންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެ ދެއަހަރު: މިނިސްޓަރު ސައީދު
6 ދުވަސް ކުރިން
ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކި ވެވޭނެ: އީސީ
7 ދުވަސް ކުރިން

2025: ރާއްޖޭއަށް އިސްލާހީ ބަދަލުތަކެއް ގެނުވި ތާރީހީ އަހަރެއް
8 ދުވަސް ކުރިން


