ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކި ވެވޭނެ: އީސީ

މުޙައްމަދު ފަޟްލޫން - 02 ޖެނުއަރީ 2026 - 07:11
ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް 01 ޖަނަވަރީ 2026 އިން ފެށިގެން އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މީގެ ކުރިން ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެމްބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ.
ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.
ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާނަމަ، އެ މަގާމަކުން ވަކިވުމަށް ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މިއީ ޕާޓީތަކުގެ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލުތައް ސައްހަކޮށް ބެލެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.
ޕާޓީގެ މެމްބަރަކު ދަފުތަރުން އުނިކުރަން ޕާޓީން ބޭނުންވާ ހާލަތްތަކުގައި، ސިމެދަ ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.
މި ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ ދަފުތަރު އަދާހަމަކުރުމުގައި ހުރި އިދާރީ ހުރަސްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ބޭނުންވާ ގޮތަށް ގާނޫނު ބަދަލުކުރަންޖެހިއްޖެނަމަ ނުނިދައި ހޭލައި ވެސް އެކަން ކުރަން ތައްޔާރު: ސުޖާއު
2 ގަޑިއިރު ކުރިން
ސުލްހައިގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިދާނެ އުއްމީދު އެބައޮތް: ޕާކިސްތާން
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" މިއަދު އުފައްދަވައިފި
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)