
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަކަށް ޣަފޫރު އިންތިހާބުކޮށްފި

މުޙައްމަދު ފަޟްލޫން - 09 ޑިސެމްބަރު 2025 - 07:30
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު (ގަޕޯ) އިންތިހާބު ކޮށްފިއެވެ.
ޣަފޫރު އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް އިންތިހާބުކޮށްފައިވަނީ އެކަމަށްޓަކައި އެ ޕާޓީގެ ފަރާތުން ބޭއްވި ގައުމީ މަޖިލީހުުގެ ބައްދަލުވުމުގައެވެ.
ޣަފޫރު އެމްޑީޕީގެ ޗެއަރޕާސަންކަމަށް އިންތިހާބުވީ 65 މެމްބަރުންގެ ވޯޓާ އެކުގައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ފައްޔާޒް އިސްތިއުފާ ދެއްވި ފަހުން ޗެއަރޕާސަނެއް ކަނޑައެޅުމަށް އެމްޑީޕީ އިން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ހިޔާލުތަފާތުވުންތަކާއި ދެބަސްވުންތަކާއި ހެދި އެ ބައްދަލުވުމުގައި ޗެއަރޕާސަން އެއް އިންތިހާބު ކުރެވިފައެއް ނުވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޣަފޫރު ވަނީ އޭނާ އަށް އިތުބާރުކޮށް ޗެއަރޕާސަންގެ މަގާމަށް އިންތިހާބުކޮށްދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.
ގައުމީ މަޖިލީހުގައި މެމްބަރުން ވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީ އިން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ އައު ޓާމިނަލް އިން ޑިސްކަވަރ އެއަރލައިންސް އަށް ހިދުމަތް ދޭން ފަށައިފި
3 މިނިޓު ކުރިން

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އިކޮނޮމިކް މިނިސްޓަރގެ އަރިހަށް ޒިޔާރަތްކުރައްވައިފި
9 މިނިޓު ކުރިން

ރާއްޖެއާ ޗައިނާ ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭތުން މަޝްވަރާކުރައްވައިފި
2 ގަޑިއިރު ކުރިން

ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން


