
ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު އިނާޝާ - 15 ޑިސެމްބަރު 2025 - 09:55
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނިގޮތުގައި ރާއްޖެ އެތެރެކުރަން އުޅުނީ ކެނަބިސް ފަތެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3 ކިލޯގްރާމް (3050 ގްރާމް) ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ، މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާޙު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މިބިލުގައިވާ ގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން 2026 ފަށައިފި
8 ގަޑިއިރު ކުރިން

އަންނަ އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކައިވެނިކުރެވޭނެ: ފެމިލީ ކޯޓް
11 ގަޑިއިރު ކުރިން

އިނގިރޭސިވިލާތާއި ރާއްޖެ އާއި ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއް: ނައިބު ރައީސް
11 ގަޑިއިރު ކުރިން

ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ބޭނުންކުރާނެ ނަމްބަރުތަކެއް ހަމަޖައްސައިފި
15 ގަޑިއިރު ކުރިން


