logo
ނައިބު ރައީސް  އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު / ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު / ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތާއި ރާއްޖެ އާއި ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއް: ނައިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 15 ޑިސެމްބަރު 2025 - 17:47

ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އުފެދިފައި އޮތް ގުޅުމަކީ ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ޤައުމުން ބައިވެރިވާ، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) އަށް ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ. އަދި ތިމާވެށި ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމަށް، ކިންގް ޗާލްސް (ތިންވަނަ) ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، އެކަންކަމަކީ، ދިވެހި ރާއްޖެއިންވެސް ވަރަށް އިސްކަންދެއްވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކިންގް ޗާލްސްގެ ޒަޢާމަތުގެ ދަށުން، އެއްބައިވަންތަކަމާ، ޒިންމާދާރުކަމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަން ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރަކީ، އިނގިރޭސި ވިލާތާއި، ދިވެހި ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ރައީސުލް ޖުމުހޫރިއްޔާގެ ނައިބު، ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއާއި، ސަޤާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާކަމަށެވެ.

މީގެ ތެރޭގައި، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެމަނިކުފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްނުމްހޫރިއްޔާގެ ނައިބު މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ހިޒް މެޖަސްޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ޤައުމުންދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

1965 ވަނަ އަހަރުގެ ޖުލައިމަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ޙަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay