
ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ބޭނުންކުރާނެ ނަމްބަރުތަކެއް ހަމަޖައްސައިފި

މުޙައްމަދު ފަޟްލޫން - 15 ޑިސެމްބަރު 2025 - 13:27
ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
މީގެތެރޭގައި ސަރުކާރުގެ އެންމެހައި ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖުތިމާޢީ އަދި ޢާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް، ޤައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް މީގެތެރޭގައި ހިމެނެއެވެ.
މި އިދާރާތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ ދެންނެވުމުގައެވެ.
މިއާއިއެކު، މިތަންތަނަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއާއަަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ
42 މިނިޓު ކުރިން

ސިނގިރޭޓް ކޮންޓެއިނަރ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފި
ގަޑިއިރެއް ކުރިން

އެމްޕީއެލް ޕޯޓް ޓްރެއިނިންގ ސެންޓަރ ގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި
ގަޑިއިރެއް ކުރިން


