
ވީއައިއޭގެ އައު ޓާމިނަލް އިން ޑިސްކަވަރ އެއަރލައިންސް އަށް ހިދުމަތް ދޭން ފަށައިފި

މުޙައްމަދު ފަޟްލޫން - 15 ޑިސެމްބަރު 2025 - 11:35
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ޖަރުމަނުވިލާތުގެ ލެރިޝާ އެއަރލައިން، ޑިސްކަވަރ އެއަރލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލް އިން ޑިސްކަވާ އެއަރލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޑް ޑިވޮލަވްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
ރަސްމިއްޔާތުގައި ޑިސްކަވާ އެއަރލައިންސްގެ ސްޓޭޝަން މެނޭޖަރ ރޮބާޓް ހާވީ އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައު ޓާމިނަލް އިން ޑިސްކަވާ އެއަރލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއަރލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ އެއަރލައިނުން ފުރި 114 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ.
އައު ޓާމިނަލް އާއި ކައިރި ކުރި ޑިސްކަވަރ އެއަރލައިންސްގެ ފުރަތަމަ ފްލައިޓް 4Y154 އިން ރާއްޖެ އައި 301 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޑިސްކަވާ އެއަރލައިންސް އާ އެކު އައު ޓާމިނަލް އިން މިހާރު ދަނީ 31 އެއަރލައިން އަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިންސް އަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމުވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން 2026 ފަށައިފި
8 ގަޑިއިރު ކުރިން

އަންނަ އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކައިވެނިކުރެވޭނެ: ފެމިލީ ކޯޓް
10 ގަޑިއިރު ކުރިން

އިނގިރޭސިވިލާތާއި ރާއްޖެ އާއި ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއް: ނައިބު ރައީސް
10 ގަޑިއިރު ކުރިން

ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ބޭނުންކުރާނެ ނަމްބަރުތަކެއް ހަމަޖައްސައިފި
14 ގަޑިއިރު ކުރިން


