
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 10:14
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.
ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް، ވީއައިއޭގެ ޓްރެފިކް ފްލޯ އަށް ބަދަލުގެނެސްފައިވަނީ ކުރީގެ އިންޓަރނޭޝަން ޓާމިނަލް އަށް ޑޮމެސްޓިކް ދަތުރުތައް ބަދަލުކުރަން ނިންމުމާއި ގުޅިގެންނެވެ.
މިއަދުން ފެށިގެން ޑޮމެސްޓިކް ޓާމިނަލް އަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް (ޓާމިނަލް 2 ) އަށެވެ.
މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ބޭލުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލް އިން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް މިއަދުން ފެށިގެން ބޭނުންކުރާނީ ޓާމިނަލް 1 ގެ ޓެކްސީ ކިއު އެވެ. މި ބަދަލު މިގޮތަށް ގެނެވުނު ނަމަވެސް ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީޢެލް އިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތަކަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
10 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
13 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)