
ތިލަފުށީގަ އެއްގަމު ތޮއްޓެއް ހެދުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި

އާމިނަތު ޝަޒްލާ - 01 ޖޫން 2026 - 11:13
ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ޕޭވްމަންޓު އެޅުމަށް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލު ކޮށްފިއެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލް ކުރުމާއި، 30 ޓަނުގެ ބޯލާޑްސް ޖެހުމުގެ އިތުރުން ކޮންކްރީޓް ޕޭވިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، 18.80 މިލިޔަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތް ނިމުމާއެކު، އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީގައި "ނަމާދެވެ" ޕްރޮގްރާމް ފަށަނީ
14 މިނިޓު ކުރިން

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް، ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސް!
14 މިނިޓު ކުރިން

ކުދިންގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު ސަރުކާރު އޮންނާނެ: ރައީސް
3 ގަޑިއިރު ކުރިން

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)