logo

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 114 މިލިއަންގެ ބަޖެޓެއް ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޮކްޓޯބަރު 2024 - 11:47

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާ ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ މަޖިލީސް ޖަލްސާގައި ފާސްކޮށްފައިވަނީ 75 މެމްބަރުންގެ ވޯޓާ އެކުއެވެ.

އެ އޮފީހަށް މަޖިލީހުން ފާސްކޮށްފައިވަނީ 114.49 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، އެ އޮފީހުގެ ހިންގުމުގެ ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 80.4 މިލިއަން ރުފިޔާއާއި ޕީއެސްއައިޕީގެ ގޮތުގައި 34 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުމުން ބަހުސް ކުރެއްވީ ވަރަށް މަދު މެމްބަރުން ތަކެކެވެ.

ކޮންމެ އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހަށް މަޖިލީހުން ބަޖެޓެއް ކަނޑައަޅައެވެ.

https://int.etukuri.mv/
tel:+9607331319