
ހުޅުމާލެއިން 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން ބިމެއް ގަނެފި

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2026 - 11:44
މިނިސްޓްރީ އޮފް ފިނޭންސްއިން ހުޅުމާލެއިން 94.5 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބިމެއް ގަނެފިއެވެ.
ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516 ގެ ގޮތުގައި ފާހަގަކޮށްފައިވާ 25،000 އަކަފޫޓުގެ ބިމެކެވެ.
ދައުލަތުގެ ބަޖެޓުން މި ބިން ގަތުމަށްޓަކައި 94،543،205.40 (ނުވަދިހަ ހަތަރު މިލިއަން، ފަސްލައްކަ ސާޅީސް ތިންހާސް، ދުއިސައްތަ ފަސް ރުފިޔާ ސާޅީސް ލާރި) ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.
މި މުއާމަލާތަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހިނގާފައިވާ ސައްހަ މުޢާމަލާތެއް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައަކީ އެ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީގެ ނަންމައްޗަށް ބަދަލުކުރުމަށްޓަކައި، ބިމާއި ޢިމާރާތް ވިއްކުމުގެ މައްސަލައެއްގެ ގޮތުގައި އެޗްޑީސީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ސިވިލް ކޯޓުގެ ޙުކުމުގައި ބުނީ އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ވިޔަފާރީގެ މައިގަނޑު ރުކުންތައް ފުރިހަމަވެ، ބިމުގެ އަގު އެއްކޮށް އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، އެ ބިމުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށް ޝަރުޢީ އަދި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
12 މިނިޓު ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
15 މިނިޓު ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
16 މިނިޓު ކުރިން

ހުޅުމާލޭގައި ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
17 މިނިޓު ކުރިން


