
ކިޔެވުމަށް ޒިންމާވެ ޓިއުޝަން ދޫކޮށްލަން އެބަޖެހޭ: އެޑިއުކޭޝަން މިނިސްޓަރ

ރިޟްވާން މޫސާ - 11 ޖުލައި 2026 - 07:06
ރާއްޖޭގައި އަށަގަނެފައި އޮތް ޓިއުޝަންގެ ސަޤާފަތް ދޫކޮށްލާ، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާންޖެހޭ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން, ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ އަށަގަނެފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމުގެ އިތުރުން، އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ގްރޭޑް 1-12 ގެ ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ޒިންމާވާންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ހޯދާ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ދަރިވަރުން ހޯދާ ނަތީޖާއާއި ދަރިވަރުން ކިޔެވުމަށް ބަަހައްޓާ ޝައުގުވެރިކަމާއި ގުޅިފައިވާކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ: ހައްލު ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު ކާރިސާއެއް!
2 ދުވަސް ކުރިން
އީވާން ނަސީމްގެ މަރަކީ ޖަލުތަކުގެ ލާއިންސާނީ އަނިޔާ ހާމަވެ، އިސްލާހީ ބަދަލަށް މަގުފަހިކުރި ހާދިސާއެއް: ފައްޔާޒް
2 ދުވަސް ކުރިން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
3 ދުވަސް ކުރިން
.jpg&w=3840&q=75)
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި
3 ދުވަސް ކުރިން


