logo

ނައިބު ރައީސް، ވަކިކުރަން އުޅޭ ވާހަކަ އަކީ ބުހުތާނު ދޮގު ތަކެއް: ރައީސް

profile

އާމިނަތު ޝަޒްލާ - 01 ޖޫން 2026 - 10:23

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް "ބުހުތާނު ދޮގު" ތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ނައިބު ރައީސް ވަކިކުރާ ވާހަކައަކީ ހަމައެކަނި "ގޮސިޕް" އެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މޫނަށް އެއްވެސް ކުލަވަރެއް ނުވަތަ ރުލެއް ވެސް އަރުވާނުލައި ފަތުރަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

މިއީ ސިޔާސީ ގޮތުން މީހުން މާ ބޮޑަށް "ޑެސްޕަރޭޓް" ވެގެން ކުރާ ކަންކަން ކަމަށާއި، ދޮގު ހަދަމުން ގޮސް އަމިއްލަ މީހާ ފަޟީހަތްވެގެންދާއިރުވެސް، އެއްވެސް ލަދުވެތިކަމެއް ނެތި އެކަން ކުރަމުންދާ ދިއުމަކީ ރާއްޖޭގެ ސިޔާސީ މައިދާން މިއަދު ގޮސްފައިވާ ދަށު ދަރަޖަ ހާމަކޮށްދޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްކަން ފާހަގަކުރައްވައި، ގައުމުގެ މަތީ މަގާމުތައް އަދާކޮށްފައި ތިއްބެވި ބޭފުޅުން މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ދައްކަވާތީ ހިތާމަކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk