logo
ހުތުބާގައި ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް--- ފޮޓޯ: މިހާރު

ހުތުބާގައި ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް--- ފޮޓޯ: މިހާރު

ފަހު ދިހައެއްގެ ރޭތައް އިހްޔާކުރުމަކީ ހިސާބުކުރަން ނޭނގޭ ވަރަށް ސަވާބު އިތުރުވާ ކަމެއް: ހުތުބާ

profile

ޝުރުފާ މުހައްމަދު - 21 މާރިޗު 2025 - 10:13

ރަމަޟާން މަހުގެ ފަހު 10 ގެ ރޭތައް އިހްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާ ކަމެއް ކަމަށް ހުތުބާގައި ބުނެފި އެވެ.

https://wamco.com.mv/

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ ލައިލަތުލް ގަދްރިވިލޭރޭ އާ ގުޅޭގޮތުންނެވެ. އެގޮތުން ހުތުބާގައި ވަނީ ފަހު 10 ގެ ރޭތަކުގައި އަމަލުކުރަން ޖެހޭނެ ގޮތްތަކާއި، އޭގެ ސަވާބާއި ދަރުމަ ވެސް ބަޔާންކޮށްދެއްވާފައިވެ އެވެ.

އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގައި ރަސޫލާ އިއުތިކާފުކުރެއްވިކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދުރި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެކަލޭގެފާނު ހަދީސްކުރެއްވި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ހުތުބާގައި ބުނީ ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްޤަދުރި ރޭ ކަމަށެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވާ ކަމަށެވެ. މި މަތިވެރި ރެއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާޞިލުކުރެވިދާނެ ރެއެއް ކަމަސް ވެސް ބުނެފައިވެ އެވެ.

އެ ރޭގެ މަތިވެރިކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ﮋﭝ ﭞ ﭟ ﭠ ﭡ ﭢ ﮊ[1] މާނައީ: "ليلة القدرވިލޭރޭ، އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ." މި ބަސްފުޅުން އެނގޭ ގޮތުގައި އެ ރޭ، ކުރާ ހެޔޮ ކަމުގެ ދަރުމަ ދެއްވަނީ އެއް ހާސް މައްސަރުގައި ކުރާ ހެޔޮ ކަމާ އެއްވަރުގެ ހެޔޮ ކަމެއްނޫނެވެ. އަދި ކިއެއްތަ! އެއް ހާސް މައްސަރުގައި ކުރެވޭ ހެޔޮ ކަމަށްވުރެ ވެސް އިތުރުކޮށެވެ. އެހެންވީމާ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!

ހުތުބާގައި ބުނީ ކުރީގެ އުންމަތުގެ މީހުންނަށް ވުރެ މި އުންމަތުގެ މީހުންގެ އުމުރު ކުރުކަމުގައިވީ ނަމަވެސް، މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ރަމަޟާން މަހުގެ ލައިލަތުލް ގަދްރިވިލޭރޭ ހިމެނޭކަން ވެސް ބަޔާކޮށްފައިވެ އެވެ. އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، އެ ރޭ، އަޅުކަންކުރި މީހުންނަށް، ފާފަފުއްސަވައިދެއްވާނެ ކަމަށް ވެސް ހުތުބާގައިވެ އެވެ.

ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ لَيْلَةَ الْقَدْرِ إِيْـمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[1]. މާނައީ: "ފުރިހަމަ އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލު، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ.

ހުތުބާގައި ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތް اللهއަށް އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރެވޭ ވަގުތެކެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ޙުރުމަތަށް އިސްކަންދޭންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އަދި އިއުތިކާފަށް އިންނައިރު މިސްކިތުގެ ޙުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަނެވެ. އެއީ މާތް اللهގެ ގެކޮޅުތަކެވެ. ވީމާ އެ ކަން އަބަދުވެސް ހަނދާންކުރާންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay