logo

ރައްޔިތުންނަށް ލުއިފަސޭހަ ގޮތަށް ވިޔަފާރި ބައްޓަންކުރަން އެދިއްޖެ

profile

ޝުރުފާ މުހައްމަދު - 28 ފެބްރުއަރީ 2025 - 15:36

ކުރިއަށް މި އޮތް ރަމަޟާން މަހު، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަށް ވިޔަފާރިތައް ބައްޓަންކުރުމަށް ސަރުކާރުން އެދިއްޖެއެވެ.

https://wamco.com.mv/

ރަމަޟާން މަހުގައި ވިޔަފާރި ކުރެވޭ ގަޑިތައް ވެސް ބަދަލުވާއިރު، އިކޮނޮމިކް މިނިސްޓްރީން ވަނީ މިރެއިން ފެށިގެން މެންދަމު 1 ޖަހަންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެކަން އިއުލާން ކޮށްފައެވެ.

އެގޮތުން ރަމަޟާން މަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓެނީ ފަތިހު 5:30 އިން ފެށިގެން މެންދަމު 1 ޖަހަންދެންނެވެ. އަދި ކެފޭ ރެސްޓޯރަންޓުތައް ހިންގެނީ ހަވީރު 5:30 އިން މެންދަމު 3 ޖެހުމާ ހަމައަށެވެ.

މިކަން ފާހަގަކުރައްވައި ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ވިޔަފާރިތައް ބައްޓަންކުރުމަށް އެދިވަޑައިގެންފައެވެ.

އާންމު މަސްމަހާ ހިލާފަށް ރަމަޟާން މަހަކީ އާންމުންގެ އެކްޓިވިޓީ ޝެޑިއުލްތައް ވެސް ތަފާތު މަހަކަށް ވާތީ، އެ މަހު އާންމު ވިޔަފާރިތަކާއި، އެހެނިހެން ޚިދުމަތްތައް ލިބޭ ގަޑިތައް ވެސް ބަދަލުކުރެ އެވެ.

ކެފޭ ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި އީދު ދުވަހާއި، ހަ ރޯދަ ހިމެނޭހެން ޝައްވާލްމަހުގެ ފުރަތަމަ 7 ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް ވެސް ބުނެފައިވެއެވެ.

މި ބަދަލަކީ ރާއްޖޭގައި 24 ގަޑި އިރު ޚިދުމަތް ދެވޭ ގޮތަށް ހުޅުވާފައިވާ ތަންތަން ވެސް ހިމެނޭހެން ގެނެވޭ ބަދަލެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވާއިރު، މި ބަދަލު ގެނެސްފައިވަނީ ރަަމަޟާން މަހަށް ތައްޔާރުވުމަށް ވެސް ލުއިވާނެ ގޮތަށެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 ޖެހުމާ ހަމައަށް ކަމަށް ބަޔާންކޮށްފައި ވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay