
ބްރެޒިލް އާއި ކިއުބާ އަދި މެކްސިކޯ އަށް ކަނޑައެޅި ސަފީރުންނަށް ރުހުންދީފި

މުޙައްމަދު ފަޟްލޫން - 17 ފެބްރުއަރީ 2026 - 10:14
ކިއުބާ އާއި ބްރެޒިލް އަދި މެކްސިކޯ އަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ
ރިޕަބްލިކް އޮފް ކިއުބާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުހައްމަދުއެވެ.
އަބްދުލްޣަފޫރު މުހައްމަދު ކިއުބާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ފެންނަކަމަށް 57 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަޞީރު މުޙައްމަދުއެވެ.
ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ އަލީ ނަސީރު އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ ޝިރުޒިމަތު ސަމީރުއެވެ.
އޭނާ ޔުނައިޓެޑް މެކްސިކަން ސްޓޭޓްސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރައްވާފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ގައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ.
އަދި މިހާރު ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރައްވަނީ ސަފީރުންގެ ގޮތުގައި ކުރިންވެސް ކަނޑައަޅުއްވާފައި ތިއްބަވާ ބޭފުޅުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
12 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
14 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
14 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
14 ގަޑިއިރު ކުރިން


